ހުރިހާ މަޢުލޫމާތު

ޓޮމާޓޯ ހައްދާނެގޮތް

27 Aug 2026

ކޮކޯ ޕީޓް ގްރޯ ބޭގް ބޭނުންކޮށްގެން ގްރީންހައުސްގައި ޓޮމާޓޯ ހައްދާނެގޮތް

1. ގްރޯ ބޭގް ތައްޔާރުކުރުން

ބޭގް އެތުރުން: ގްރީންހައުސް ތެރޭގައި ޑްރިޕް އިރިގޭޝަން (Drip Irrigation) ނިޒާމު ފަސޭހައިން ގުޅޭނޭހެން، ސަފުތަކަކަށް ވާގޮތަށް ގްރޯ ބޭގްތައް އަތުރާލުން. ކޮކޯ ޕީޓްގައި މާބޮޑަށް ފެން ހަރުލިޔަނުދިނުމަށްޓަކައި، ބޭގްގެ އަރިމަތިން ތިރީބައިގައި ކުދި ލޯވަޅުތަކެއް އެޅުން.

2. އިންދުމުގެ މަރުހަލާ

ނާސަރީ ގަސް ބަދަލުކުރުން: ނާސަރީ ޓްރޭގައި އިންދި ގަސްތަކުގައި 3 ނުވަތަ 4 ފަތް ފަޅައި ހެދިބޮޑުވުމުން، ގްރޯ ބޭގަށް ބަދަލު ކުރާށެވެ.

3. ފެނާއި ކާނާ ދިނުން (Fertigation)

ޑްރިޕް ސިސްޓަމް ބޭނުންކުރުން: ކޮކޯ ޕީޓަކީ އަމިއްލަ ޒާތުގައި ގަހަށް ބޭނުންވާ ކާނާ އެކުލެވޭ އެއްޗަކަށް ނުވާތީ، ޑްރިޕް އިރިގޭޝަން މެދުވެރިކޮށް ފެނާއެކު ގަސްކާނާ ( (AB Soultionދޭންވާނެ.

EC އަދި pH ބެލެހެއްޓުން: ފެނުގެ pH މިންވަރު 5.5 އާއި 6.5 އާ ދެމެދުގައި އަދި ޑްރިޕް ކުރާ ކާނާ ސޮލިއުޝަންގެ EC މިންވަރު 2.0 އާއި 2.5 އާ ދެމެދުގައި ހިފެހެއްޓުން.

4. ގްރީންހައުސްގެ މާހައުލު ބެލެހެއްޓުން

ހޫނުމިން ކޮންޓްރޯލްކުރުން: ގްރީންހައުސް ތެރޭގެ ފިނިހޫނުމިން މާބޮޑަށް މައްޗަށް ދިޔަނުދިނުމަށްޓަކައި، ހިޔާދޭ ނެޓް (Shading net) އާއި ވެންޓިލޭޝަން ފަންކާ ބޭނުންކުރުން. ޓޮމާޓޯ ހެދުމަށް އެންމެ އެކަށޭނަ ހޫނުމިނަކީ 21 އާއި 30 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ.

ގްރީންހައުސްގެ އެތެރޭގައި ވައިދައުރުވާ މިންވަރު ކުޑަވާނެތީ، މާތައް ފޮޅި މޭވާއަށް ބަދަލުވުމަށް އެހީތެރިވުމުގެ ގޮތުން އަތުން ގަހުގައި މަޑުމަޑުން ތަޅުވައިލުން ނުވަތަ ޕޮލިނޭޓިންގ ޓޫލެއް ބޭނުންކުރުން.

5. ގަސް ބެލެހެއްޓުމާއި މޭވާ ނެގުން

ގަސް މައްޗަށް އެރުވުން: ގަސް އުސްކޮށް ހެދެމުންދާ ވަރަކަށް، ގްރީންހައުސްގެ މަތީގައި ދަމާފައިވާ ނަރުތަކުގައި ޓްވައިން ރޯނު އައްސައި، އޭގެ އެހީގައި ގަސް މައްޗަށް އެރުވުން.

ކޮށައި މަސްނުވުން (Pruning): މައި ގޮތްޕާއި ފަތްތަކުގެ ކަންތަކުން ފަޅާ އިތުރު ކުރިތައް އަދި ގަހުގެ ތިރީގައިވާ މުސްކުޅި ފަތްތައް ކަނޑައި ސާފުކުރަންވާނެއެވެ. މީގެ ސަބަބުން ބަލިތަކުން ރައްކާތެރިވެ، މޭވާ އަވަހަށް ބޮޑުވުމަށް އެހީވެދެއެވެ.

މި އުސޫލުން ކޮކޯ ޕީޓް ބޭނުންކޮށްގެން ހެއްދުމަކީ، ވެލީގައި ހެއްދުމާ އަޅާބަލާއިރު ބަލިތައް ޖެހުން ކުޑަކޮށްދީ، މާ އަވަހަށް އަދި ގިނަ އަދަދަކަށް ފެންވަރު ރަނގަޅު ތަރުކާރީ ލިބިގެންދާނެ ކަމެކެވެ.